twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކެތިއަރާ މަސްރޭސް، މިފަހަރުވެސް ދެ ޖިންސަށް ހުޅުވާލާފައި

May 5, 2021

މިއަކީ ހަނިމާދޫގެ ކެތިއަރާ ޖަމިއްޔާ އިން އިސްނަގައިގެން ފިތުރު އީދާއި ދިމާކޮށް ބާއްވާ ފޯރިގަދަ މުބާރާތެކެވެ. މި މަސްރޭހަކީ ހަނިމާދޫ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ދެ ޖިންސަށް ބައިވެރި ވެވޭ ގޮތަށް ބާއްވާ ރޭހެކެވެ.

މަސްރޭހުގެ ގަވައިދަށް ނަޒަރު ހިންގާލާއިރު ކެތިއަރާ މަސްރޭހުގެ ޓީމް ލިސްޓްގައި ޖަހާފައިވާ 05 މީހުން ފިޔަވާ އިތުރު މީހުން ގެންދެވިދާނެއެވެ. އެއީ ދޯނީގެ ކައްޕި އަދި އެއް ފަޅުވެރިއެކެވެ. އަދި މި ދެމީހުންނަށްވެސް މަސްވެރިކަމުގައި ބައިވެރި ވެވިދާނެއެވެ. ނަމަވެސް ބޮޑުމަސް ބޭނި މީހުންގެ ތެރޭގައި އޭގެން މީހަކު ކިތައްމެ ބޮޑު މަހެއް ބޭނިކަމުގައި ވިޔަސް އެ މަހެއް ބޮޑުމަހެއް ގޮތުގައި ނުގުނޭނެ އެވެ.

ލިސްޓް ހުށައަޅާއިރު މެނޭޖަރު ޓީމް ލިސްޓްގައި ހިމަނަން ޖެހޭނެ އެވެ. ނަމަވެސް މެނޭޖަރަށް މަހަކަށް ނުފުރޭނެ އެވެ.

ކެތިއަރާ މަސްރޭހުގައި ބައިވެރިވެފައިވާ ހުރިހާ ދޯންޏެއްވެސް އޮންނަންވާނީ އެދުވަހުގެ 00:15 ގައި މަސްރޭހުގެ ދޯނިތައް އެޅުމަށް ހާއްސަކުރެވިފައިވާ ތަނުގައި އަޅާ ތައްޔާރުކުރެވިފައެވެ. އަދި ކަމެއްދިމާވެއްޖެނަމަ 00:15 ގެ ކުރިން ކެތިއަރާ ޖަމުއިއްޔާ ނާންގައިފިނަމަ ޑިސްކޮލިފައި ކުރުމުގެ އިހްތިޔާރު ޖަޖުންގެ ޕެނަލްއަށް އޮންނާނެއެވެ.

މި މުބާރާތުގައި ހިމާޔަތް ކޮށްފައިވާ އެއްވެސް މަސްމަހާމެއްސެއް ބޭނިއްޖެނަމަ ވަގުތުން ދޫކޮށްލަން ޖެހޭނެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވަނީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފަ އެވެ. އެގޮތުން ޗެމްޕިއަން ޓީމަކަށް 7000 ރުފިޔާ މިއަހަރު ހުށަހަޅާފައިވެ އެވެ.

ކޮންމެ ޓީމަކުންވެސް ބާނާމަސް ކިރައިގެން އެންމެ ކިލޯ ބަރު ބަޔަކު 1 ވަނައަށް ދާނެ އެވެ. އަދި 2 ވަނަ ހޮވޭނެއެވެ. އަދި ދެ ގުރޫޕަކުން

އެއްވަރުވެއްޖެނަމަ ދެން ބެލޭނީ އެންމެ އަވަހަށް އެ ޓީމުތަކުގެ ތެރެއިން ބަނދަރަށް ވަދެފައިވާ ޓީމަކަށެވެ.

މި މުބާރާތުގަ ބައިވެރިވުމުގެ ސުންގަޑި އަކީ މިމަހު 9 ވާ އާދިއްތަ ދުވަހުގެ 18:00 ވުމުގެ ކުރިންނެވެ.

ކޮންމެ އަހަރަކު ކެތިއަރާ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ މަސްރޭހުގައި އާންމުންގެ ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުންނެވެ.

ލިޔުނީ: އަލީ ރަމީޒު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355