twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ހަނިމާދޫގައި ކަރަންޓީނުގައި ތިބި އިންޑިޔާ ސިފައިންގެ އާއިލާ ބަޔަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 6, 2021

ހދ ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިންގެ އާއިލާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުންނެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އިންތިހާއަށް ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެތަކެއް ހާހަކަށް އަރާފަ އެވެ. އެހެންވެ ވަރަށް ގިނަ ގައުމުތަކުން އިންޑިއާއަށް ދަތުރުކުރުން ހުއްޓާލާ، އިންޑިއާ މީހުން ގައުމުތަކަށް އެތެރެވުންވެސް ވަނީ މަނާކޮށްފައިވެ އެވެ.

އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިޔާ މަތިންދާ ބޯޓު ދުއްވުމަށް ހަނިމަދޫގައި އެ ގައުމުގެ ސިފައިން ތިބެ އެވެ. ކޭއޯގައި އެނގިފައިވާގޮތުގައި ހަނިމާދޫން ޕޮޒިޓިވްވީ އެރަށުގައި ތިބޭ އިންޑިޔާ ސިފައިންގެ މީހަކާއި އޭނާގެ ދެ ދަރިންނެވެ.

އެ މީހުން އިންޑިޔާއިން އައިސް ކަރަންޓީނުގައި ތިބުމަށްފަހު ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވީ 27 އަހަރުގެ އެ ސިފައިންގެ މީހަ އާއި އޭނާގެ ދެ ދެ ދަރިންނެވެ. އެއީ 1 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެކެވެ. އެ މީހުންނާއެކު ކަރަންޓީނުގައި ހުރި ސިފައިންގެ މީހާގެ އަންހެނުން ޕޮޒިޓިވްވެފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.

އެހެންވެ އެ މީހުން ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ. އަދި އެ މުއްދަތުގައި އެ މީހުންނާ ކޮންޓެކްޓްވި ދެ މީހަކުވެސް ކަރަންޓީނުކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355