twitterviber whatsapp telegramfacebookyoutube instagram
5th May 2026

މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި އިގުތިސޯދަށްވެސް ދިން ހަމަލާއެއް: ރައީސް

އަބްދުލް ވާހިދު ޙަސަން
May 7, 2021
1

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ ރާއްޖޭގެ އިގްތިސޯދަށާއި ޑިމޮކްރަސީއަށް ވެސް ދިން ހަމަލާއެއް ކަމަށާއި އެ ކަމުގައި ޝާމިލުވާ އެންމެން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެެވެ.

ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ބާރުގަދަ އެއްޗެއް ގޮއްވާލައި ނަޝީދަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. މި ހަމަލާގައި ނަޝީދާއެކު ޖުމްލަ ފަސް މީހަކު ޒަހަމްވި އެވެ.

އެ ހަމަލާއާ ގުޅިގެން ގައުމާ މުހާތަބުކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

އެގޮތުން އޮސްޓްރޭލިއާ ފެޑަރަލް ޕޮލިސް ތަހުގީގުގައި ބައިވެރިވުމަށް ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެފަދަ ހަމަލާތަކަށް ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެކަމަށާ އެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355