ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑް19 އާ ސްޓްރެއިން އެއް ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑްގެ އާ ސްޓްރެއިން ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށާއި މި ސްޓްރެއިން ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދޭ ކަމަށެވެ.
އެންމެންވެސް ރައްކާވެ ތިބުމަށް ރަނގަޅަށް މާސްކު އެޅުމަށާއި ގިނައިން އަތްދޮވުމަށް އަދި އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
Definitely a new strain. Looks more infective. Affecting the lungs more vigorously. Deteriorates faster.
— Dr. Mohamed Ali (@Moxamedalu) May 7, 2021
Simple steps:
1. Reduce your contact bubble.
2. Mask up Maldives!
3. A clean hands.
Above all pray to Allah#MaskupMaldives
ރާއްޖޭގައި ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ، ރާއްޖޭގައި މި ބަލީގައި އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް އެޗްއީއޯސީއިން މީގެކުރިން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ ދެ ދުވަސްތެރޭގައި ރާއްޖެއިން ކޮވިޑްގައި 8 މީހަކު މަރުވެފައި ވާއިރު 200 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.