twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެކުނު އޭޝިޔާގެ ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެއައުން މަނާކޮށްފި

ޚަދީޖާ އާދަމް
May 8, 2021

ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް19ގެ ހާލަތު ގޯސްވެ، ބަލި ފެތުރުން ހަލުވިވެފައިވާތީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

ވޯކްޕާމިޓް ހޯލްޑަރުން އައުން މަނާކޮށްފައިވާއިރު އެ ސަރަހައްދުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުންވެސް ހުއްޓާލަން ޑިރެކްޓާ ޖެނެރަޕް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވެއެވެ.

އެގޮތުން މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް ވޯމިޓް ހޯލްޑަރުން އެތެރެވުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އިންޑިއާ އިން ފެނި އެ ވޭރިއަންޓް ލަންކާ އިންވެސް މިހާރު ފެނިފައިވާއިރު، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގައިވެސް ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންޑިއާގެ ފަތުރުވެރިން މީހުން ދިިރުއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގައިފައެވެ. އަދި އެގައުމުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުން 14 ދުވަހަށް ކަރަންޓީނުވާން އަންގައިފައެވެ.

ނަމަވެސް މިއަދުގެ އެންގުމާއެކު، މާދަމާ އިން ފެށިގެން ސަރަަހައްދުގެ އެއްވެސް ގައުމަކުން ވޯކް ޕާމިޓް ހޯލްޑަރުުންނަށްވެސް ރާއްޖެ އެތެރެ ނުވެވޭނެއެވެ.

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަރަތަކަށް ކާފިއު ހިންގަން ފަށާފައިވާއިރު މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުންނައި ރާއްޖެެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެހެން ފަރާތްތައް ކަރަންޓީނުވާންޖެހޭ މުއްދަތު ވަނީ 10 ދުވަހުން 14 ދުވަހަށް އިތުރު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355