twitterviber whatsapp telegramfacebookyoutube instagram
2nd March 2026

ކޮވިޑްގައި މިއަދުވެސް އިތުރު މަރެއް

ޚަދީޖާ އާދަމް
May 10, 2021

ކޮވިޑް ޖެހިގެން ރާއްޖޭގައި މިއަދު ވެސް މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއީ މި ބަލީގައި ރާއްޖެއިން މަރުވި 85 ވަނަ މީހާ ކަމަށެވެ.

ރޭ މަރުވެފައިވަނީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 75 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ބަލީގައި އިއްޔެ ވެސް އެކަކު މަރުވި އެވެ. އެ ބަލި ޖެހިގެން މަރުވާ މީހުން އިތުރުވަމުން ދާއިރު، މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖެ އިން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑްގައި މަރުވި ދުވަހެވެ. އެ ދުވަހު ފަސް މީހަކު މަރުވެފައިވެ އެވެ.

ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކުހެން ޕޮޒިޓިވްވާ އަދަދު އުޅެނީ 700 މަތީގައެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން ހާލަތު އެންމެ ގޯސް ދުވަސްވަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355