twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަދުހަމަކީ ހަރުކަށި ފިކުރުގެ އަވައިގައި އެހެން މީހުން ޖައްސަމުންދިޔަ މީހެއް

ޢަލީ ރަމީޒް
May 10, 2021
1

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ދުރުގައި ހުރެ، ބޮން ގޮއްވާލުމަށް ރިމޯޓަށް ފިއްތި ކަމަށް ފުލުހުން ތުހުމަތު ކުރަނީ، ވ. ތިނަދޫ/ ހިޔާ، އުމުރުން 26 އަހަރުގެ އަދުހަމް އަހުމަދު ރަޝީދަށެވެ. އޭނާ އަކީ މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓް އަށް ވެފައިވާއިރު ފުލުހުން އަދުހަމްގެ ވަނަވަރު ހޯދުމަށް ވަނީ އާންމުންގެ އެހީ އަށް އެދިފައެވެ.

އަދުހަމްއާ އެކު މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ. ފުލުހުން ފަތިހުގެ ވަގުތެއްގައި އަދުހަމް ދިރިއުޅެމުން ދިޔަ ހުޅުމާލޭ ފްލެޓް 95 އަށް ގޮސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

"ސަން" އަށް މައުލޫމާތު ދިން ގޮތުގައި އޭނައަކީ މީހުން ކާފަރުކޮށް، އެހެން މިހުންނަކީ މުސްލިމުން ނޫން ކަމަށް ދެކޭ މީހެއްކަމަށް ވަނީ ބުނެފައެވެ.

ބޭރުގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމަ އަކަށް ދިއުމަށްވެސް އަދުހަމް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އާއިލާއިން އޭނާ އަށް ހުރަސް އެޅުމުން އެކަން ނާކާމިޔާބުވީއެވެ. އޭނާ އަކީ ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށްފައި ހުންނަ މީހެކެވެ. ނަމަވެސް ފަހުން އޭނާ ފެނިގެންދިޔައީ ތުނބުޅި ކުރުކޮށް ކޮށާ އިސްތަށިގަނޑަށްވެސް ބަދަލުތަކެއް ގެނެސްފައި ހުރިތަނެވެ. ބެލެވޭ ގޮތުގައި މިއީ މީހާގެ އައިޑެންޓިޓީ އޮޅުވާލުމަށްޓަކައި ގެނެސްފައި ހުރި ބަދަލެއް ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާ ސީދާ ގުޅުމެއް އޮތް މީހެއް ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355