twitterviber whatsapp telegramfacebookyoutube instagram
17th October 2026

ކޮވިޑްގެ ނުރައްކާ ބޮޑުވެ މިއަދު 1،204 ކޭސް

May 10, 2021

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު 1،204 އަރައިފި އެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން މިހާގިނަ މީހުން ޕޮޒިޓިވްވި ދުވަހެއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް މާލޭން 961 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދު ވެސް 235 އަށް އަރައި

މިހާރު ރާއްޖޭން ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 10،376 އަށް އަރާފަ އެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 244 އަށް ވަނީ އަރައިފަ އެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު ދިހަ ހާހަށްވުރެ މައްޗަށް އަރާފައިވާއިރު މިހާތަނަށް ރާއްޖޭން މި ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ. މިއަދު އެކަނިވެސް ރާއްޖޭން މި ބަލީގައި 3 މީހަކު ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293