twitterviber whatsapp telegramfacebookyoutube instagram
1st April 2026

މާލެ ސިޓީ ލޮކްޑައުން ކުރަން އަދި ނުނިންމާ

ޚަދީޖާ އާދަމް
May 11, 2021
1

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ނިންމާފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުުރުމުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރޭގެ ނިޔަލަށް އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު އީދު ބަންދާ ދިމާކޮށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

މަބުރޫކު ވިދާޅުވީ ރޭވެސް ރައީސް ސޯލިހާއެކު ޓެގް ޓީމުން މަޝްވަރާ ބައްދަލްވުމެއް ބޭއްވި ކަމަށާ އެ ބައްދަލްވުމުގައި ނިންމި ކަންކަން ފަހުން ހާމަކުރާނެ ކަމަށެވެ. މަބުރޫކް ވިދާޅުވީ އިތުރު ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355