twitterviber whatsapp telegramfacebookyoutube instagram
25th February 2026

ކޮވިޑް ކޭސްއަކާ ގުޅިގެން އަނެއްކާވެސް ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށްފި

އަބްދުލް ވާހިދު ޙަސަން
May 11, 2021

ކުޅުދުއްފުށި ސިޓީގައި ފުލޫ ކުލިނިކަށް ދެއްކި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އަނެއްކާވެސް ރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ. މިއަދު ޕޮޒިޓިވްވީ 34 އަހަރުގެ މީހެކެވެ.

މި ކޭސްއާ ގުޅިގެން ރަށް މޮނިޓަރިންގ ގެނެސް، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކައުންސިލުން ބުނީ މޮނިޓަރިނ ހާލަތުގައި ރަށަށް އަރާ ފޭބުމުގެ ހުއްދަ ދޫކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަމަށެވެ.

📍 މޮނިޓަރިންގެ ހާލަތުގައި ރަށަށް އަރާ ފޭބުމުގެ ހުއްދަ ދޫކުރައްވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން

⛵ ހުއްދަ އަށް...

Posted by Kulhudhuffushi Council on Tuesday, May 11, 2021

މިމަހުގެ 2 ވަނަ ދުވަހުވެސް ކުޅުދުއްފުށިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފަ އެވެ. އެ ފަހަރުވެސް ޕޮޒިޓިވްވިކަން އެނގުނީ ރޯގާގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދެއްކުމުންނެވެ. އެފަހަރު ޕޮޒިޓިވްވީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355