twitterviber whatsapp telegramfacebookyoutube instagram
19th April 2025

ބަލި ޖެހުނު މީހާގެ ދެ ދަރިންްވެސް ޕޮޒިޓިވް، ޓްރެވަލް ހިސްޓްރީއެއް ނެތް!

އަބްދުލް ވާހިދު ޙަސަން
May 11, 2021
6

ކުޅުދުއްފުށި ސިޓީން މިއަދު ޕޮޒިޓިވްވި 34 އަހަރުގެ އަންހެން މީހާގެ ދެ ދަރިފުޅުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރޯގާގެ އަލާމާތްތައް ހުރެގެން، ފުލޫ ކުލިނިކަށް ދެއްކި މީހާގެ ދެ ދަރިން ޕޮޒިޓިވްވިކަން ކޭއޯއަށް ވަނީ އެނގިފަ އެވެ. އެގޮތުން އޭނާގެ 8 އަހަރުގެ ދަރިފުޅާއި 13 އަހަރުގެ ދަރިފުޅު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ދެ ކުދިންގެ ފަރާތުންވެސް ބަލީގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ.

މައުލޫމާތު އެނގޭ އޮފިސަރަކު ކޭއޯއަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓެއްވެސް ނޫން ކަމަށާއި އަދި މިހާތަނަށް ބެލިބެލުމުން އެ މީހުންގެ ޓްރެވަލް ހިސްޓްރީއެއްވެސް ނެތް ކަމަށް އޮފިސަރު ވިދާޅުވި އެވެ.

އެ ގޭގައި ދިރިއުޅެނީ މަދު ބައެއް ކަމަށާއި އެ ތިން މީހުންގެ އިތުރުން ދެން އުޅެނީ އިތުރު އެކަކުކަމަށްވެ އެވެ.

އަދި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ބައެއް ސާމްޕަލްތައް މިހާރު ނަގާފައިވާ ކަމަށެވެ. އަދި މިރޭވެސް އިތުރު ކޮންޓެކްޓް ސާމްޕަލް ނަގަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިމަހު ދެވަނަ ދުވަހުވެސް ވަނި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކަށް ކޮވިޑް ޖެހިފަ އެވެ. އެތަނުން އެކަމަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓުގައި މަސައްކަތްކުރާ ފަޅުވެރިޔެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355