twitterviber whatsapp telegramfacebookyoutube instagram
19th September 2025

ޕޮޒިޓިވް ކޭސްތަކެއް ފެނި، ގޮއިދޫ އާއި ކަނޑިތީމުވެސް މޮނިޓަރިންގއަށް

އަބްދުލް ވާހިދު ޙަސަން
May 11, 2021

ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ށ ގޮއިދޫ އާއި އެ އަތޮޅު ކަނޑިތީމުވެސް މޮނިޓަރިންގއަށް ލައިފި އެވެ. އެ ދެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް މޮނިޓަރިންގއަށް ލެވިފައިވާ ކަމަށެވެ.

އެހެންވުމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި ގޮއިދޫ ޕޮޒިޓިވްވެފައިވަނީ ދެ ޑޯޒް ހަމަކޮށްގެން އައި ތިން މީހެކެވެ. ކަނޑިތީމުގައި ޕޮޒިޓިވްވެފައިވަނީ ހަތަރު މީހެކެވެ.

މި ދެރަށުގައި އެ މީހުން ރަށުގެ އެކި ސަރަހައްދުތަކުގައި ގޮސް އުޅެފައިވެ އެވެ. އެހެންވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި އެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު އުތުރުން ދިއްދޫ އާއި ކުޅުދުއްފުށިވެސް ވަނީ މޮނިޓަރިންގ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުތަނުން އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355