twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަހުން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ދަރިވަރުންނާއި ޓީޗަރުންގެ ސާމްޕަލް ނަގަނީ

ޚަދީޖާ އާދަމް
May 12, 2021
3

ކުޅުދުއްފުށި ސިޓީން އިއްޔެ ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންގެ ސާމްޕަލް ނަގަން ނިންމައިފި އެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 34 އަހަރުގެ އަންހެނަކާއި އެމީހާގެ ދެ ކުދިންނެވެ.

ކޭއޯއަށް މަައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވި ދެ ކުދިންގެ ތެރެއިން 1 ކުއްޖަކު އާދިއްތަ ދުވަހު ސްކޫލަށް ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން އެކުއްޖާގެ ކްލާސް ކުދިންނާއި ޓީޗަރުންގެ ސާމްޕަލް މިރޭ ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

ފަހުން ކުޅުދުއްފުށިން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން 8 ގެޔެއް މޮނީޓަރިންނަށް ލާފައިވާއިރު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވި 15 މީހެއްގެ ސާމްޕަލް ނަގާފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. މީގެ އިތުރުން ރޭންޑަލް 8 ސާމްޕަލެއްވެސް ވަނީ ނަގާފަ އެވެ.

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި އެއްވެސް ސާމްޕަލެއްގެ ނަތީޖާ އަދި މިހާތަނަށް ނުލިބޭކަމަށާއި ފަހުން ޕޮޒިޓިވްވި 3 މީހުންނަކީ ޓްރެވަލް ހިސްޓްރީ އޮތްބައެއް ނޫންކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާތަނަށް އެމީހުން ޕޮޒިޓިވްވީ ކޮންބަޔަކާ ކޮންޓެކްޓް ވެގެންކަމެއް ދެނެގަނެވިފައިނުވާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މިމަހު 2 ވަނަ ދުވަހުވެސް މޮނީޓަރިންނަށް ލާފައެވެ. އެއަށްފަހު މޮނީޓަރިންގެ ހާލަތު އުވާލީ މިމަހު 8 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355