twitterviber whatsapp telegramfacebookyoutube instagram
22nd December 2025

އައިބީއެމް އިން ކުޅުދުއްފުށީ އިމަޖެންސީ ރެސްޕޮންސް ޓީމަށް ފެން ހަދިޔާކޮށްފި

ޢަލީ ރަމީޒް
May 14, 2021

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުއްޓަށް މިވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބައެއް ގެތަކާއި އިމާރާތްތަކުގެ ފުރާޅު އެއްލާލުން ފަދަ އެކި ހާދިސާތައް މިއަދު ދަނީ ހިންގަމުންނެވެ.

އެހެންވުމާއެކު ކައުންސިލާއި ސިފައިން އަދި އެހެން މުއައްސަސާތައް ގުޅިގެން ދަނީ އެހީތެރިކަން ބޭނުންވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ވަޔާއެކު އެއްލައިލި ފުރާޅުތައް އަލުން މަރާމާތުކުރުން ފަދަ ގިނަ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން އައިލެންޑް ބެވަރެޖްސްއިން މިވަނީ އެމެޖެންސީ ރެސްޕޮންސް ޓީމަށް ތާޒާފެން ހަދިޔާކޮށްފަ އެވެ.

މީގެ ކުރިންވެސް މިފަދަ ހާލަތްތަކުގައި އައިބީއެމް އިން އަންނަނީ އެކި ފަރާތްތައް އެހީތެރިވުމުގެ ގޮތުން ފެން ހަދިޔާކުރަމުންނެވެ.

ކުޅުދުއްފުއްޓަކީ މިފަދަ ކަންކަމުގައި އެއްބައިވަންތަކަމުގެ ނަމޫނާ ދައްކާ ރަށަކަށްވާއިރު އައިބީއެމުން ރެސްޕޮންސް ޓީމަށް މިވި އެހީއާއެކު ވަނީ އިތުރު ހިތްވަރެއް ލިބިގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355