twitterviber whatsapp telegramfacebookyoutube instagram
20th May 2026

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 94 އަށް އަރައިފި

ޚަދީޖާ އާދަމް
May 15, 2021

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 94 އަށް އަރާފަ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 1:39 ހާއިރު އުމުރުން 83 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ.

އިއްޔެ އެކަނިވެސް މި ބަލީގައި ރާއްޖޭން 5 މީހަކު ވަނީ މަރުވެފައެވެ. މި މަރާއެކު މި މަހުގެ ފުރަތަމަ 15 ގައި ރާއްޖެ އިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު 20 އަށް އެރީ އެވެ.

ކޮވިޑްގެ 4 ވަނަ ރާޅާ އެކު މިއިން ދުވަހަކު ރާއްޖޭން ކޮވިޑްގެ ނަންބަރު ނުދާހާ މައްޗަށް ވަނީ ގޮސްފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 1،467 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 15،000 އިން މައްޗަށް ވަނީ ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355