twitterviber whatsapp telegramfacebookyoutube instagram
2nd March 2026

ރާއްޖޭން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 100 އަށް

ޚަދީޖާ އާދަމް
May 17, 2021

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާއިރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ މައްޗަށެވެ.

މިއަދު ފަތިހު 04:41 ހާއިރު ބަލީގައި އިތުރު މީހަކު މަރުވެފައިވާއިރު މިއީ ކޮވިޑްގައި ރާއްޖޭން މަރުވި 100 ވަނަ މީހާއެވެ.

މިއަދު މަރުވެފައިވަނީ ޑީއެޗް11 ގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރޭ ދަންވަރު 12:14 ގައިވެސް 64 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. އެއީ ވެސް ޑީއެޗް11ގައި ފަރުވާދެމުން ދިޔަ މީހެކެވެ. ފާއިތުވި ދެ ހަފްތާ އަށް ބަލާއިރު 23 މީހަކު މިވަނީ ބަލީގައި ރާއްޖޭން މަރުވެފަ އެވެ.

ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބަލީގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ދިގު މުއްދަަތަކަށް ބޭސްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355