twitterviber whatsapp telegramfacebookyoutube instagram
1st August 2026

މިއަދުވެސް ކޮވިޑުގައި 3 މީހަކު މަރުވެއްޖެ

May 19, 2021

ކޮވިޑް-19ގައި މިއަދުގެ މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެގޮތުން ރޭ ދަންވަރު މަރުވެފައިވަނީ ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ މީހެކެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނަކާ، 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދެން މަރުވެފައިވަނީ މިއަދު ހެނދުނު 7:25 އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރަށް ގެނައި ކޮވިޑް ބަލި މީހެކެވެ. އީއާރަށް ގެނައިތަނުން މަރުވެފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއަދު ގެ 3 މަރާއެކު ރާއްޖޭން ކޮވިޑުގައި މީހުން މަރުވި އަދަދު ވަނީ 108 އަރާފައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355