twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑްގައި އިތުރު ތިން މަރެއް، މިއަދު މަރުވި މީހުންގެ އަދަދު 6 އަރައިފި

ޚަދީޖާ އާދަމް
May 19, 2021

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު މިއަދު އެ ބަލީގައި މަރުވި މީހުންގެ އަދަދު 6 އަރައިފި އެވެ.

ރޭ ދަންވަރު

ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ މީހަކު މަރުވެފައިވާއިރު އެއީ 87 އަހަރުގެ ދިވެހި ފިރިހެނަކާ، 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.

87 އަހަރުގެ މީހާ މަރުވެފައިވަނީ ދަންވަރު 01:54 ގަ އެވެ. އަދި 69 އަހަރުގެ މީހާ މަރުވެފައިވަނީ 03:01 ގަ އެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރަށް ގެނެވުނު ކޮވިޑްބަލި މީހަކު 07:25 ގައި ވަނީ މަރުވެފައެވެ. އެއީ 73 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 3 މީހަކުވެސް މިއަދު ހެނދުނު މަރުވެފައިވާއިރު މި 3 މަރާއެކު ރާއްޖޭން ކޮވިޑްގައި މީހުން މަރުވި އަދަދު މިވަނީ 111 އަރާފައެވެ.

ހުޅުމާލެ ފެސިލިޓީގައި ފުރަތަމަ މަރުވެފައިވަނީ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ ފަރުވާދެމުން ދަނިކޮށް ހެނދުނު 08:30 ގަ އެވެ. ދެން މަރުވެފައިވަނީ 51 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހެނދުނު 08:44 ގައެވެ.

އޭގެފަހުން 09:48 ގައި 66 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެމީހާގެ މަރާއެކު މިއަދު އެކަނި މި ބަލީގައި މަރުވި މީހުންގެ އަދަދު 6 އެރީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355