twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފޮޓޯގްރާފަރުންތަކެއް އެކުވެ ފްރީ ފަލަސްތީނު ތީމަށް ފޮޓޯ ނަގައިދޭ އިވެންޓެއް ކުޅުދުއްފުށީގައި

ޢަލީ ރަމީޒް
May 20, 2021
1

އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް މިކުޑަ ދިވެހިރާއްޖޭގައިވެސް ދަނީ އަޑުއުފުލަމުންނެވެ. ފަލަސްތީނު ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކޮށް އެގައުމުގެ ދިދައާއެކު ފޮޓޯ ނަގައި ތަފާތު އެކި ޝުއޫރުތައް ލިޔެ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އުތުރުން، ކުޅުދުއްފުށި ސިޓީގައިވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން މިރަށުގެ ހުނަރުވެރި ފޮޓޯގުރަފަރުން ތަކެއް ގުޅިގެން ”ފްރީ ފަލަސްތީނު“ ތީމް އަށް ހިލޭ ފޮޓޯ ނަގައިދޭ އިވެންޓެއް ކުރިއަށް ގެންދިއުމަށް މިވަނީ ނިންމާފަ އެވެ.

މި އިވެންޓްއަކީ ކުޅުދުއްފުށި ސިޓީގެ ފޮޓޯނެގުމަށް މަޝްހޫރު މިހާޒް އާއި ޖައުފަރު އަދި ރިޒްހާންގެ އިތުރުން ނަވާޒް ގުޅިގެން ކުޅުދުއްފުށި އާ ބަނދަރާ ދިމާ ބީޗްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ.

21 މެއި ވާ ހުކުރު ދުވަހު ހަވީރު 16:30 އިން 18:00 އަށް ފަލަސްތީން ތީމްއަށް ހިލޭ ފޮޓޯ ނަގައިދިނުން އެ ސަރަހައްދުގައި ކުރިޔަށް ދާނެއެވެ. ކޮންމެ ބޭފުޅަކަށްވެސް އެކަނި އެއް ފޮޓޯ އަދި އެއް ގުރޫޕް ފޮޓޯ ނަގައިދޭނެ އެވެ.

މި އިވެންޓްގައި އިސްކޮށް އުޅޭ މިހާޒު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިއީ ފަލަސްތީނަށް ކުރަމުންދާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގެ ފޮޓޯގުރަފަރުންގެ ހުނަރު ބޭނުން ކޮށްގެން ފަލަސްތީނާއެކު ތިބިކަން ހާމަ ކޮށްދިނުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެއް ކަމަށެވެ.

މި އިވެންޓަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ބެލުމަށްފަހު، ރަނގަޅު ތަރުހީބެއް ލިބޭކަމުގައިވާނަމަ މިފަދަ އިތުރު އިވެންޓެއްވެސް ކުރިއަށް ރޭވިދާނެކަމަށް އެ ޓީމުން މައުލޫމާތުދެ އެވެ.

ފޮޓޯނެގުމަށް އަންނަ އިރު ދިދަ، މޭކްއަޕް އަދި ބެނާ ފަދަ ތަކެތި ގެންދިއުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ފޮޓޯ ނެގުމަށް ހުރިހާ ފަރާތްތަކުންދާއިރު މާސްކް އަޅައިގެން އައުމަކި މި އިވެންޓް ކުރިއަށްގެންދާ ފަރާތުގެ ނުހަނު ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355