twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކިމް ކާޑޭޝިއަންގެ ދަރިފުޅު ސެއިންޓް ވެސްޓް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޢަލީ ރަމީޒް
May 21, 2021

މަޝްހޫރު ސުޕަ މޮޑެލް ކިމް ކާޑޭޝިއަންގެ ފަސް އަހަރުގެ ދަރިފުޅު ސެއިންޓް ވެސްޓް، ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކިމްގެ އާއިލާގެ މެމްބަރުތަކެއް މީގެ ކުރިން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިގައި ކިމްގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓްގެ އިތުރުން ކިމްގެ ކޮއްކޮ ކްލޯއީ ކަޑޭޝިއަން ހިމެނެއެވެ.

ސެއިންޓް ކޮވިޑަށް ފައްސިވެފައިވާކަން ކިމް ހާމަކޮށްފައިވަނީ ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ އެޕިސޯޑެއްގައެވެ. ކާންޔޭ ވެސްޓް ކޮވިޑަށް ފައްސިވެގެން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކިމް މީގެ ކުރިން ބުނީ އެކަކަށްވެސް ދިމާވެގެން އުޅޭ ކަމެއް ނޭނގޭ ކަމަށާއި އެއީ ބިރުވެރި ކަމެއް ކަމަށެވެ.

ކާންޔޭ ކޮވިޑަށް ފައްސިވިކަން އޭނާ ހާމަކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހު ފޯބްސް އަށް އޭނާ ދިން އިންޓަވިއުއެއްގައެވެ. އޭނާ އޭގެ ފަހުން ބަލިން ރަނގަޅުވަންދެން އުޅުނީ ކޮވިޑް އިން ރައްކާތެރިވުމާ ގުޅޭ ވީޑިއޯތައް ބެލުމުގައެވެ.

ކިމް ބުނީ ގޭގައި އުޅެނީ އޭނާ އާއި އޭނާގެ ހަތަރު ކުދިން އެކަނި ކަމަށާއި އަދި އިތުރު ކުއްޖަކަށް ކޮވިޑް ޖެހިފައިވާކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355