twitterviber whatsapp telegramfacebookyoutube instagram
9th August 2026

ނެއްލައިދޫ ބަނދަރުގެ 70 ޕަސެންޓް ނިންމާލައިފި

ޚަދީޖާ އާދަމް
May 23, 2021

ހދ ނެއްލައިދޫ ބަނދަރުގެ 70 ޕަސެންޓްގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ. އެކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 365 ދުވަހެވެ.

ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 86 އިންސައްތަ ވެސް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ބަނދަރުގެ މަސައްކަތް ނިމޭއިރު ނިމޭއިރު 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އެމްޓީސީސީން ބުނީ އެއްކޮށް މަސައްކަތް ނިމޭއިރު 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355