twitterviber whatsapp telegramfacebookyoutube instagram
6th June 2025

ކުޅުދުއްފުށިން ޕޮޒިޓިވްވި އަދަދު 17 އަށް

ޢަލީ ރަމީޒް
May 24, 2021
1

ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 17 އަށް އަރައިފި އެވެ. މިފަހުން ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ރަށް މޮނިޓަރިންގލީ މެއި ތިންވަނަ ދުވަހު އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ވަނީ އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ މިމަހު 22 އަދި 23 ވަނަ ދުވަހު ނެގި 116 ސާމްޕަލްތަކުގެ ތެރެއިންނެވެ.

މި ހަތަރު ސާމްޕަކީވެސް ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމަށާއި މީގެ ތެރެއިން 3 މީހުންނަކީ ރަށުން ބޭރުން އައުމަށް ފަހު ކަރަންޓީން ފުރިހަމަ ކުރާ 3 މީހުންނެވެ. އިތުރު މީހަކީ 11 ވަނަ ދުވަހުން ފެށިގެން ކަރަންޓީނުގައި ހުރި މީހެކެވެ.

މި 116 ސާމްޕަލްގެ ތެރެއިން ނެގި 90 ރޭންޑަމް ސާމްޕަލް ނަގާފައިވާއިރު ހުރިހާ ސާާމްޕަލްއެއް ވެސް ވަނީ ނެގަޓިވް ވެފައެވެ.

ކޮވިޑް 19 އިން ސަލާމަތަވުމަށް ޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި މާސްކް އެޅުމާއެކު ގައިދުރުކަން އިސްކުރަން ހޮސިޓަލުން އިލްތިމާސް ކުރެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355