twitterviber whatsapp telegramfacebookyoutube instagram
26th July 2026

ޓައިގާ 3 ގައި އިމްރާނަކީވެސް އޭޖެންޓެއް

ޚަދީޖާ އާދަމް
May 25, 2021

ކާމިޔާބު ފިލްމު ސީރީޒް "ޓައިގާ"ގެ 3 ވަނަ ފިލްމުގެ ސޫޓިން ފަށާފައިވާއިރު ފިލްމުގެ ވިލަންގެ ރޯލުކުޅޭ އިމްރާން ހާސިމީގެ ކެރެކްޓާރ ލީކުވެފައިވާކަމަށް ހަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

ފިލްމުގެ ޕްލޮޓް ސިއްރުކުރުމަށްޓަކައި ފިލްމުގެ ސޫޓިން ކުރިއަށް ގެންގޮސްފައިވަނީވެސް ވަރުގަދަ ސެކިއުރިޓީއަކާއެކު މުމްބައިގައި ހުންނަ ޔަޝް ރަޖް ސެޓުގައެވެ.

ޕިންކް ވިލާއިން ބުނެފައިވަނީ ފިލްމުގައި އިމްރާނަކީ ޕާކިސްތާނީ އައިއެސްއައި އޭޖެންޓެއް ކަމަށާއި އެއީ ފިލްމުގައި ސަލްމާން ކުޅޭފަދަ ވަރުގަދަ ކެރެކްޓާއެެކެވެ. އެެހެންކަމުން ފިލްމުގައި އެ ދެމިހުންގެ ރޯލް ސިފަކޮށްފައިވަނީ "ޓައިގާ ވާރސަސް ޓައިގާ" ގެ ގޮތުގައެވެ.

ފިލްމުގައި އިމްރާންގެ ނަމަކީ އަވިނާޝް ސިންގ ރާތޯޑް އެެވެ. އޭނާގެ ކެރެކްޓާ ބިނާކޮށްފައިވަނީ ނެގެޓިވް ލީޑަކަށްވުރެ ސްޓައިިލިޝްކޮށްކަމަށްވެސް ޕިންކް ވިލާއިން ބުނެފައި އެވެ.

ފިލްމުގެ ބަތަލާ ކެޓްރީނާއަކީ ވެސް ޕާކިސްތާނީ އައިއެސްއައި އެޖެންޓެކެވެ. ނަމަވެސް 3 ވަނަ ފިލްމުގައި ކެޓްރީނާގެ "ޒޯޔާ" ކެރެކްޓާގެ ރޯލަކީ ވަނީ ސަޕްރައިޒަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355