twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވައިކަރަދޫގައި ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވް، ބައެއް ފަރާތްތަކާ ބައްދަލުކުރި، ހާއްސަ ފިޔަވަޅުތަކެއް!

ޚަދީޖާ އާދަމް
May 25, 2021

ހދ ވައިކަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެމީހާ ބައެއް ފަރާތްތަކާ ކޮންޓެކްޓްވެފައިވާތީ އެރަށުގައި ހާއްސަ ފިޔަވަޅުތަކެއް އަަޅައިފި އެވެ.

ވައިކަރަދޫ ކައުންސިލް އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ މީހާ ހޯމް ކަރަންޓީނުގައި ހުރިއިރު ބައެއް ފަރާތްތަކާ ބައްދަލުކުރިކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވުމުން ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް އެރަށު ޓާސްކް ފޯސްއިން ކުރަމުންދާ ކަމަށެވެ. ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާ އެކަން ވަނީ އާންމުކޮށްފަ އެވެ.

މި ކޭސްއާ ގުޅިގެން އެރަށުގެ ޓާސްކްފޯސްއިން އަޅާފައިވާ ފިޔަވަޅުތަކަކީ:

  • ކޮންމެހެން ނިކުންނަށް ޖެހޭ ހާލަތްތަކުގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމާއި ބޭރަށް ނިކުންނަށް ޖެހޭ ހާލަތުގައި އެޗްޕީއޭގެ އުސޫލާ އެއްގޮތަށް މާސްކު އަޅައިގެން ނޫނީ ނުނިކުތުން
  • ޒަރޫރީ ބޭނުންތަކަށް ވައިކަރަދޫ ބަނދަރަށް ވަންނަ ފަރާތްތަކުން ދުރާލާ ހުއްދަ ނައިގެން އައުން
  • މުދާ ހިފައިގެން އަންނަ ފަރާތްތަކުން ރަށުގެ އާންމުންނާ ކޮންޓެކްޓް ނުވާނެ ގޮތަކަށް މުދާ ބޭލުމުގެ އިންތިޒާމް ހަމަޖެއްސުމައި ފައިސާގެ މުއާމަލާތްތައް ހަަމަޖެއްސުން
  • މަސްވިއްކުން ފަދަ ބޭނުންތަކަށް އަންނަ ފަރާތްތަކުން ބަނދަރަށް ނުފައިބާ މަސް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި މަސް ގަންނަން ބަނދަރަށް އަންނަ ފަރާތްތަކުެސް މާސްކު އަޅައިގެން ގައިދުރުކޮށް ތިބުމާއި
  • ދޯނި ފަހަރުގެ މީހުންނާ ކައިރި ނުވެ ފައިސާގެ މުއާމަލާތް ކުރުމަށް ސަމާލުކަން ދިނުން
  • ބަނދަރު މައްޗަށާއި، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް އެއްވެ ނޫޅުން
  • ހުން އައުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްހީ މަރުކަޒަށް ގުުޅުއްވާ، ދެއްވާ އިރުޝާދާ އެއްގޮތަށް އަަަމަލުކުރެއްވުން
  • ކޮންމެހެން ނުގޮސް ނުވާވަރުގެ މުހިއްމު ޒަރޫރީ ބޭނުމެއް އޮވެގެން މެނުވީ އެއްރަށުން އަނެއްރަށަށް ދަތުރު ނުކުރުމަށާއި، ދަތުރު ކުރަައްވާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް
  • ހާއްސަ ސަމާލުކަމެއް ދިނުން

އެގޮތުން އެރަށު ކައުންސިލުން ވަނީ ހުރިހާ ރައްޔިތުންވެސް މި ފިޔަވަޅުތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. ގިނަ ރަށްތަކަކުން ކޮވިޑް ކޭސް ފެންނަމުންދާތީ 74 ރަށް މިހާރުވެސް ވަނީ މޮނިޓަރިންގ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355