twitterviber whatsapp telegramfacebookyoutube instagram
28th June 2026

ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ރީނދޫ ސަމާލް

ހާޝިމް އަބޫބަކުރު
May 25, 2021

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން ސަމާލުވާން ރާއްޖޭގެ މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވަނިކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިން މެޓް އޮފީހުން ކުރި ޓްވީޓެއްގައި ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވި އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އޮފީހުން ކުރި ޓްވީޓްގައި ވެއެވެ.

ހ.އ އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައި މިވަނީ 15:15- 18:00 އަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހާއްސަކޮށް ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން ސަމާލުވާން ވަނީ އިލްތިމާސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355