ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އަތް ނުފޯރާފަަށަށް ގޯސްވަމުންދާތީ ރައްޔިތުން ދައްކަން ޖެހޭ ބައެއް ބިލުތަކަށް ބޮޑެތި ޑިސްކައުންްޓްތަކެއް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި އިއުލާންކޮށްފި އެވެ.
ރާއްޖޭގައި ހުރިހާ ގެއެއްގެ ފެން ބިިލުން 30 ޕަސެންޓް، އަދި ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި ފިޔަވަޅުތައް ތަންފީޒުކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށް ވިސްނާފައި އަދި ސަަރުކާރަށް ވީވަރަކުން ހުރި މިންވަރުން އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް ސޯލިހު ވިދާޅުވެފައިވާއިރު ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކޮވިޑް ކޮންޓްރޯލްވެފައި އޮތުމަށް ފަހު، އެ ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިޔަކަށް މައްޗަށް ދިޔައީ ގިނަ ސަބަބުތަކެއް މެދުވެރިވެގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހު ދެމުން ގެންދިޔަ ލުއިތަކަކީ ރައީސް ވިދާޅުވި ގޮތުގައި އޭގެ އެއް ސަބަބެވެ. މީގެ ސަބަބުން މީހުން އެއްތަނުން އަނެއްތަނަށް ދިއުން ފަސޭހަވެ، ކުރިން ބަލި ނުފެތުރި އޮތް އެތައް ރަށަކަށް ވަނީ ބަލި ފެތުރިފަ އެވެ.
ކޮމިއުނިޓީ ސްޕްރެޑް ތަކުގެ ސަބަބުން މި ވަގުގު 75 ރަށެއް ރާއްޖޭގައި މޮނިޓެރިންގެ ހާލަތައް ލައިފާވާއިރު ރާއްޖޭން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 130 އަށް ވުރެ އިތުރު ވެފަ އެވެ.