twitterviber whatsapp telegramfacebookyoutube instagram
28th June 2026

ހއ އަތޮޅުން ފެށިގެން މ.އަތޮޅަށް ރީނދޫ ސަމާލް

ހާޝިމް އަބޫބަކުރު
May 26, 2021

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން މ. އަތޮޅަށް ރީީނދޫ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ކުރި ޓްވީޓްއެއްގައި ބުނީ ރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ ގަޑިޔަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި މިޔާއެކު ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެލާޓް ނެރެފައިވަނީ ހެނދުނު 10:00 ން މެންދުރުފަހު 14:00 އަށެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ އަސަރު ކުރާ ދުވަސްވަރެއް ކަމުން ހާއްސަކޮށް ކަނޑު ދަތުރު ފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާާންޖެހެއެވެ. އަދި އެންމެ ރައްކާތެރި ގޮތެއްގައި ފިޔަވަޅުތައް ތަންފީޒުކޮށް އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނުން މުހިންމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355