twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކޮވިޝީލްޑް ލިބޭނެ ދުވަހެއް ނޭނގޭތީ ރަޝިޔާގެ ވެކްސިން ރާއްޖެ ގެންނަނީ

ޚަދީޖާ އާދަމް
May 26, 2021

އިންޑިޔާގައި ކޮވިޑް-19 ގެ ހާލަތު ގޯސްފެވައިވާތީ ރާއްޖެއަށް އޯޑަރުކުރި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ލިބޭނެ ދުވަހެއް ނޭނގޭތީ ރަޝިޔާގެ "ސްޕަޓްނިކް ވީ" ވެކްސިންގެ ޝިޕްމަންޓެއް ރާއްޖެ ގެންނަން ނިންމައިފި އެވެ.

ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ގެނައުމަށް އެގްރިމެންޓް ހެދި ވެކްސިން އިމްޕޯޓު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ރާއްޖެއަށް ނުލިބޭނެ ކަަމަށެވެ.

ރާއްޖެ ގެންނަން އެގްރިމެންޓް ހަދާފައިވަނީ އިންޑިއާގެ ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް އަދި ސިންގަޕޫރުގެ އެސްޓްރާ ޒެނަކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ވެކްސިނެވެ.

ވެކްސިން ލިބުން ދަތިވެ ރާއްޖޭގައި ފެށި ވެކްސިން ޕްރޮގްރާމް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރައީސް ވިދާޅުވީ ރަޝިޔާގެ ވެކްސިން ގެނައުމަށް ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ހެލްތް މިނިސްޓްރީން މަސައްކަތް ފައްޓަވާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވެސް ވިދާޅުވީ އެގްރިމަންޓްގައި ސޮއިކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިންގެ ޝިޕްމަންޓް ރަޝިޔާއިން ރާއްޖެ ފޮނުވާނެ ކަމަށެވެ.

ވެކްސިން ޕްރޮގްރާމަށް ދިން ބޭރުގެ އެހީތައް ރައީސް ވަނީ ފާހަގަކޮށްފައެެވެ. އެގޮތުން އިންޑިއާއިން ދިން ދެ ލައްކަ ޑޯޒްއާއި ޗައިނާއިން ފޯރުކޮށްދިން ދެ ލައްކަ ސީނޯފާމް އަދި ޑަބްލިއުއެޗްއޯއިން ދިން ކޮވިޝީލްޑްގެ 12،000 އަދި ފައިޒާގެ 5،850 ޑޮޒް ވެކްސިން ލިބުނުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަނި ޖެހޭ ސްޕަޑްނިކް ވީ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ދިނީ އިމަޖެންސީ ހާލަތުގައި އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355