twitterviber whatsapp telegramfacebookyoutube instagram
19th February 2026

ޝްރުތީގެ ކޮވިޑް ސޭޕްޓީ ޕްރޮޓޮކޯލް ވަރަށް ވަރުގަދަ

ޚަދީޖާ އާދަމް
May 27, 2021

ކޮވިޑްގެ ޕެންޑަމިކާއެކު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާއިރު ގިނަ ފަންނާނުން އަބަދުވެސް ދަނީ ރައްކާތެރިވުމަށް އެންމެނަށް ނަސޭހަތް ދެމުންނެވެ.

އެގޮތުން ސޭޕްޓީގެ އެންމެ ވަރުގަދަ ޕްރޮޓޮކޯލެއް ގެންގުޅެނީ ސައުތް އިންޑިޔާގެ ބަތަލާ ޝްރުތީ ހަސަންއެވެ. އޭނާގެ އެކުވެރިންނާއި ގާތުގައި އުޅޭމީހުން ބުނީ ޕެންޑެމިކްގެ ތެރޭގައި އޭނާގެ ގިނަ ޕްރޮޖެކްޓްތަކެއް ނިންމާއިފި ކަމަށާއި އަދިވެސް ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް އެބަހުރި ކަމަށެވެ.

ކޮންމެ މަސައްކަތެއް ކުރިނަމަވެސް އެންމެ ފުރަތަމަވެސް އޭނާ އިސްކަން ދެނީ ކޮވިޑުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރުމަށެވެ. ޝްރުތީ އޭނާއާއެކު މަސައްކަތްކުރާ މީހުންނަށްވެސް އެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާއެވެ. އަދި އެކަންކަމަށް ސަމާލުކަން ނުދޭ މީހުން އޭނާކައިރިއަށް މަސައްކަތުގެ ވަގުތުގައިވެސް އައުން ވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން ޝްރުތީ ނިންމާލި ޕްރޮޖެކްޓަކީ އޭނާގެ އެމެޒޯން ވެބް ސީރީޒް ޑަބްކުރުމުގެ މަސައްކަތެވެ. އެ މަސައްކަތްވެސް އޭނާ ކޮށްފައިވަނީ ގޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355