twitterviber whatsapp telegramfacebookyoutube instagram
10th October 2026

މިއަދުގެ ދެވަނަ މަރާއެކު ކޮވިޑުގައި މަރުވި މީހުންގެ އަދަދު 150 އަށް

ޚަދީޖާ އާދަމް
May 27, 2021

ކޮވިޑުގައި މިއަދު އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މަރާއެކު ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 150 އަރާފައެވެ.

މަރުވެފައިވަނީ އައިޖީއެމްއެޗް އީއާރަށް ގެންދިޔަ މީހެކެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ 56 އަހަރު ދިވެހި ފިރިހެނެކެވެ. އެއީވެސް ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

މި ބަލީގައި އާންމުގޮތެއްގައި ނިޔާވަނީ އައިސީޔޫގައި ފަރުވާދޭމީހުންނެވެ. އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތުވެސް މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. އަދި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުންނަކީ ވެކްސިންވެސް ޖަހާފައިނުވާ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293