twitterviber whatsapp telegramfacebookyoutube instagram
25th February 2026

ކޮވިޑްގެ ހާލަތު ބެލުމަށް ކޮންމެ އަތޮޅުކަށް ސިޔާސީ ވެރިއެއް

ޚަދީޖާ އާދަމް
May 29, 2021
1

ކޮވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، އިންތިޒާމްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސިޔާސީ ވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ބޭފުޅުން މަސައްކަތް ކުރާނީ އެބޭފުޅަކު ހަމަޖައްސާ އަތޮޅެއްގެ ކައުންސިލްތަކާއި ޓާސްކްފޯސްތަކާ އެކުކަމަށެވެ. އެގޮތުން، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށްވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

އެބޭފުޅުން އެ އަތޮޅެއްގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އެމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރަށާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަދި އެކަން ހިނގާ ނުހިނގާ ގޮތް މޮނީޓާކުރުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ގިނަ ރަށްތަކެއްގައި ކޮވިޑް ފެތުރި، 70 އަށް ވުރެ ގިނަ ރަށް ވަނީ ބަންދުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355