twitterviber whatsapp telegramfacebookyoutube instagram
29th April 2026

އެއާޕޯޓަށް މީހުން ލަފާ ފުރުމުވުމަށް އާންމުން ދިޔުން މަނާކޮށްފި

May 29, 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މީހުން ލަފާ ފުރުވުމަށް އެއާޕޯޓަށް ދިޔުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ. ކައުންސިލުން މިގޮތަށް މަނާކުރީ ހޯމް ކަރަންޓީނަށް އަންނަ ގިނަ ބަޔަކު ބަޔަށް ޕޮޒިޓިވްވަމުންދާތީ އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމް ކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ވަނީ ފެނިފަ. ވީމާ، އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ވަނީ ނިންމާފަ." ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ޓާސްކް ފޯސް އިން ކުރަމުންދާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާއެއް ފެންނާނީ ރައްޔިތުން އެއްބާރުލުންދީގެން ކަމަށާ މިހާރުވެސް މިފަދަ ކަންކަމުގައި ލިބޭ އެއްބާރުލުން ފާހަގަކުރާކަމަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355