twitterviber whatsapp telegramfacebookyoutube instagram
27th June 2026

ކުޅުދުއްފުށީގައި ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ޚަދީޖާ އާދަމް
May 30, 2021
6

ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށްގެން ގެންގޮސް މާރާމާރީއެއް ހިންގައިފި އެވެ.

މައުލޫމާތު ލިބޭގޮތުގައި މާރާމާރީ ހިންގާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ޒުވާނާ ރަހީނުކޮށް، ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ. ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށައެޅިފައިވާކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ ރޭ ޒަހަމްތަކަކާއެކު 29 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެނެވިފައިވާކަމަށާއި ހާލު ސީރިއަސްވެ މިވަގުތު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑޮކްޓަރާއި ހަވާލާދީ އަހުމަދު ވިދާޅުވީ އެމީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާކަމަށެވެ. އެގޮތުން މާލެ ފޮނުވާލަނީ މިއަދު 10:45 ހާއިރު ހަނިމާދޫމަގުންނެވެ.

މާރާމާރީ ހިންގާފައިވަނީ ކިހިނެތްވެގެން ކޮންތާކުކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355