twitterviber whatsapp telegramfacebookyoutube instagram
1st April 2026

ދެވަނަ ފަހަރަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް ދަނީ

ޚަދީޖާ އާދަމް
May 30, 2021

ރީއިންފެކްޝަން ރޭޓު ނުވަތަ ދެވަނަ ފަހަރަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާ ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ރީއިންފެކްޝަންގެ ޓްރެންޑުތައް ހިއްސާކުރައްވަމުން ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ދެވަނަ ފަހަރަށް ބަލިޖެހޭ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.

ރީއިންފެކްޝަނެއް އެންމެ ފުރަތަމަ ފެނުނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 17 ހަފްތާ ފަހުން ކަމަށާ ކޮވިޑް ޖެހޭ މީހުންނަށް ދެވަނަ ފަހަރަށް ބަލިޖެހުމުގެ ފުރުސަތު އޮންނަނީ ބަލިން ރަނގަޅުވާތާ ތިން މަސް ފަހުންން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން، ހަފްތާއަކު 40 ރީއިންފެކްޝަން ވެސް އޭރު ފެނުނު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެންމެ ގިނަވެގެން ވެސް ހަފްތާއަކު ފެންނަނީ ފަސް ރީއިންފެކްޝަން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ބައެއް މީހުންނަށް ދެފަހަރަށް ވުރެ ގިނައިން ވެސް ބަލި ޖެހިފައި އެބަހުރިކަމަށާއި ނަމަވެސް އެއީ ވަރަށް މަދު އަދަދެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355