އާސެނަލްގައި މޮޅު ކުޅުމެއް ދައްކާ ކުރީގެ އަހަރުތަކުގައި ޕްރިމިއަރ ލީގުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުރީގެ ތަރި ތިއެރީ ހެންރީ ދެވަނަ ފާހަރަށް ބެލްޖިއަމްގެ ކޯޗިން ޕެނެލްއާ ގުޅިއްޖެ އެވެ.
އުމުރުން 43 އަހަރުގެ ހެންރީ އެންމެ ފުރަތަމަ ބެލްޖިއަމްގެ ކޯޗުންގެ ޓީމާއެކު މަސައްކަތްކުރަން ފެށީ 2016 ވަނަ އަހަރު އެވެ. ދެ އަހަރު ފަހުން ބެލްޖިއަމްގެ ގައުމީ ޓީމް އޭނާ ދޫކޮށްލުމަށް ފަހު ފްރާންސްގެ މޮނާކޯގެ ހެޑް ކޯޗްގެ ގޮތުގައި ވަނީ މަސައްކަތްކުރަން ފަށާފައެވެ.
ޔޫރޯ ޗެމްޕިއަންޝިޕްގައި ވާދަކުރާ ބެލްޖިއަމްގެ ގައުމީ ޓީމާ ގޮތަކަށް ހެންރީ ގުޅުނު އިރު ޔޫރޯ މުބާރާތުގައި އެނަލިސްޓެއްގެ ގޮތުގައި އުޅުމަށް ހަމަޖެހިފައި އޮތުމަށް ނިމުމެއް އައިސް މިފަހަރުގެ ރެޑް ޑެވިލްސްގެ ބެންޗުން ފެނިގެންދާނެއެވެ.
ހެންރީ ޓީމާ ގުޅުނުކަން ކަށަވަރުކޮށްދެމުން ރެޑް ޑެވިލްސް ގެ ނަމުން މަޝްހޫރު ބެލްޖިއަމްގެ ގައުމީ ޓީމް ފަރާތުން ކުރިޓްވިޓާގައި ބުނެފައި ވަނީ ހެންރީގެ މަސައްކަތް އަދި ބެލްޖިއަމް ޓީމްގައި ނުނިމޭ ކަމަށާއި ޓީމުގެ ފަރާތުން މަރުހަބާ ކިޔާކަމަށެވެ.
Unfinished business. We welcome back Thierry Henry in the staff for #EURO2020! 🤝🇧🇪 pic.twitter.com/ocOWct2JMi
— Belgian Red Devils (@BelRedDevils) May 30, 2021
ބެލްޖިއަމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ބެލްޖިއަމްގެ ފުޓްބޯޅައިގެ ތާރީހް ދުށް އެންމެ މޮޅު ކުޅުންތެރިންނެވެ. ރޮމެލޫ ލުކާކޫ، ކެވިން ޑި ބްރޭނާ އަދި އެޑެން ހަޒާޑަކީ ޓީމުގައި ނަންވިދާ ތިން ކުޅުންތެރިންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ވާދަކުރާނީ ރަޝިޔާ، ފިންލެންޑް އަދި ޑެންމާކާ އެކު ގްރޫޕް ބީ ގައެވެ.