ކުރިއަށް އޮތް ތިން ދުވަހު ވެސް ވައިގަދަވެ ކަނޑު ގަނދަވާެ ކަމަށާއި ވައި އެންމެ މަޑުވާނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 13-23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓްގައިވާ ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ކުރި ޓްވީޓްގައި ވެއެވެ.
Alert white for strong winds & rough seas pic.twitter.com/T9FrqaXlex
— Maldives Meteorology (@MetMaldives) May 31, 2021
މޫސުން ރަނގަޅުވި ކަމުގައި ވިއަސް ވައިގަދަވެ ދިޔަވަރު ބޮޑުވާ ގަޑީ އުދަ އެރުމުގެ ފުރުސަތު ބޮޑެވެ.ކަނޑުދަތުރު ކުރާއިރު ސަމާލުވެ ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުމަށް ވަނީ މެޓް އޮފީހުންވަނީ ގޮވާލަފައެވެ.




