twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ލޯކަލް ބަނދަރުގައި ހަރަކާތްތައް މަދުވުމުން ކްރޭން ބޭނުންކުރާ ގަޑިއަށް ލުޔެއް

އަބްދުލް ވާހިދު ޙަސަން
May 31, 2021

ކުޅުދުއްފުށި، މޮނިޓަރިންގައި ނުވަތަ ފުރަބަންދުގައި އޮންނައިރު ހޮނިހިރު ދުވަހުގައި ކްރޭން ބޭނުންކޮށްގެން މުދާ ބާލައި ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ލޯކަލް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި ހޮނިހިރު ދުވަހު 7:00-14:30 އާ ދެމެދު ކްލޭން ބޭނުންކޮށްގެން މަސައްކަތްކުރުމަކީ މަނާކަމެވެ. އެގޮތަށް ކައުންސިލުން ނިންމީ، ހޮނިހިރު ދުވަހަކީ ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް އަންނަ ދުވަހެއްކަމުން އެ ސަރަހައްދުގައި ކްރޭން ބާއްވައިގެން މުދާ ބާލައި އެރުވުމުގެ ސަބަބުން ބަނދަރު މަގު ބަންދުވެ، ރައްކާތެރިކަން ގެއްލިފައިވާތީ އެވެ.

އެ އުސޫލަށް ކައުންސިލުން ބަދަލު ގެންނަށް ނިންމީ ކުޅުދުއްފުށި މޮނިޓަރިންގ ގައި ނުވަތަ ފުރަބަންދުގެ ހާލަތުގައި ހޮނިހިރު ދުވަހުވެސް ބަނދަރުގެ ހަރަކާތްތައް މަދުވުމުންނެވެ. އެހެންވެ ކައުންސިލުން ނިންމީ 13:00 ގައި މަސައްކަތް ފެށޭނެ ކަމަށެވެ.

ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މި ހާލަތުގައި ދޯނިފަހަރުން މުދާބޭލުމަށް މަނާ ކޮށްފައިވާ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބަނދަރުގައި ދޯނިފަހަރު އެލޯންގްސައިޑްކޮށް ކްރޭން ބޭނުންކޮށްގެން މުދާ ބޭލުމުގެ މަސައްކަތް ފެށޭނެ އެންމެ އަވަސް ގަޑިއަކީ 13:00 ކަމަށް އިއުލާނުގައިވެ އެވެ.

ނަމަވެސް ބަނދަރުގެ ހަރަކާތްތައް އިތުރުވާނަމަ އަމަލު ކުރާނީ ކުރީގެ އުސޫލަށް ކަމަށްވެސް އިއުލާނުގައިވެ އެވެ.

ކައުންސިލް ބުނީ އެލޯންގްސައިޑްކޮށް އަދި ކްރޭން ބޭނުންކޮށްގެން މުދާ ބޭލުމުގެ މަސައްކަތްކުރުމަށް ހުއްދަހޯދުމާއި މަސައްކަތްކުރުމުގައި ބަނދަރު ބަލަހައްޓާ އޮފިޝަލުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355