twitterviber whatsapp telegramfacebookyoutube instagram
3rd June 2023

ކޮވިޑުގައި ރާއްޖޭއިން މީހުން މަރުވި އަދަދު 160 އަށް އަރައިފި

ޚަދީޖާ އާދަމް
May 31, 2021

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 62 އަހަރުގެ މީހަކު މަރުވެ މި ބަލީގައި ރާއްޖޭން މީހުން މަރުވި އަދަދު 160 އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 03:39 ހާއިރު އެވެ. މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގެ ހަތަރުވަނަ ރާޅާއެކު ރާއްޖޭގެ ކޮވިޑް ކޭސްތައް އިންތިހާއަށް ގޮސްފައިވާއިރު ބަލީގައި މީހުން މަރުވާ އަދަދުވެސް ވަނީ ގިނަ ވެފައެވެ. އެގޮތުން މި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ.

މިހާރުވެސް ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދި އުޅެނީ 24،205 ގައެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355