twitterviber whatsapp telegramfacebookyoutube instagram
2nd May 2024

"ފިނި ފެހި ސިޓީ" ގެ ނަމުގައި ކޮންމެ މީހަކު ގަހެއް އިންދުމުގެ ހަރަކާތެއް ކުޅުދުއްފުށީގައި ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jun 3, 2021
5

ފިނި ފެހި ސިޓީއަކަށް ކުޅުދުއްފުށީ ހެދުމުގެ މަގުސަދުގައި، ތިމާވެށީގެ ދުވަހާ ގުޅުވައި ކޮންމެ މީހަކުވެސް ގަހެއް އިންދުމަށް ބާރު އެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޕްރޮގުރާމެއް ފަށައިފި އެވެ.

"ފިނި ފެހި ސިޓީ" ނަމުގައި ވާޗުއަލްކޮށް ކުރިއަށްގެންދާ މިހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކޮންމެ ރައްޔިތަކުން ގަހެއް އިންދުމަށް ކައުންސިލުން އެދެ އެވެ. އަދި "ފިނިފެހިސިޓީ" ހޭޝްޓެގް ބޭނުންކުރުމަށްފަހު ސޯޝަލް މީޑިއާގައި ފޯސްޓްކުރުމަށްވެސް ކައުންސިލުން އެދެ އެވެ.

މި ހަރަކާތުގައި ކޮންމެ ރައްޔިތަކުވެސް ބައިވެރިވުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި ގަސް އިންދާނީ ގޭގައި އޮންނަ ހުސް ޖާގައި ކަމަށާއި ނުވަތަ އަމިއްލަ ބިމެއްގައި ކަމަށެވެ.

ކުޅުދުއްފުށި ފަދަ ތަރައްގީވަމުން އަންނަ ސިޓީއެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރަކުން އާބަން އިކޯސިސްޓަމްއެއް ދިރުވާ އާލާކުރުމަކީ މުހިންމު ކަމެއް ކަމަށާއި ކުޅުދުއްފުށި ސިޓީގެ އާބަން އިކޯސިސްޓަމްއަށް އެންމެންގެ ހިއްސާ އިތުރު ކުރުމަށް ވީހާވެސް ގިނަ ބަޔަކު މިހަރަކާތުގައި ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.

ކައުންސިލުން ބުނީ މިގޮތަށް މި ހަރަކާތް ކުރިއަށްގެންދަނީ ކޮވިޑްގެ މިހާލަތުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރިކަމަށްނުވާތީ ކަމަށެވެ. ކުޅުދުއްފުއްޓަށްވެސް ތިމާވެށީގެ ބޮޑު މައްސަލަތައް ކުރިމަތިވެފައިވަމުންދާއިރު ހޫނު ގަދަވުމާއި ރަށް ގިރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "އިކޯސިސްޓަމް ރިސްޓޮރޭޝަން" (ގުދުރަތީ ވެށީގެ ނިޒާމު އިޔާދަކުރުން) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355