twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މާބަނޑު އަންހެނެއްގެ އޯވަރީ ބޮޑު ސިސްޓެއް ނަގައި ކޭއާރުއެޗު ތާރީހުގެ ތެރެއަށް

އަބްދުލް ވާހިދު ޙަސަން
Jun 6, 2021
2

މާބަނޑު އަންހެނެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތާރީހީ ބޮޑު އޮޕަރޭޝަނެއްކޮށްފި އެވެ.

މިއީ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެއް އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ކުރި ފުރަތަމަ ފަހަރެވެ.

ކޭއާރުއެޗުން ބުނީ މިއީ ދުވަސް ފުރައިގެން ނޮޅިވަރަމުން ވިހަން އައި މާބަނޑު މީހެއް ކަމަށާއި ސްކޭން ކުރުމުން ވާތް ފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން ފާހަގަކުރެވުނު ކަމަށެވެ. މިއީ ރ ހުޅުދުއްފާރަށް ނިސްބަތްވާ ނޮޅިވަރަމްގައި ދިރިއުޅޭ 37 އަހަރުގެ މީހެކެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ބޮޑު އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލުގެ އަންހެންގެ ބަލިތަކާ ބެހޭ ހާއްސަ ޑރ ލުތުފީ ބާޝާ އެވެ.

ކާމިޔާބު މި އޮޕަރޭޝަން ނެގި ސިސްޓްގެ ދިގުމިނުގައި 24 ސމ އަދި ފުޅާމިނުގައި 20 ސމ ހުރިއިރު ބަރުދަނުގައި 2400 ގްރާމު ހުރި ކަމަށެވެ. މި އޮޕަރޭޝަން ކުރިއިރު ގިނަ އަދަދެއްގެ ލޭ ބޭރުވެފައިވާތީ ތިން ޕޮއިންޓް ލޭ ވެސް އަޅަން ޖެހުނެވެ.

މި އޮޕަރޭޝަނަށްފަހު ދެ މައިންގެ ހާލުވެސް ރަނގަޅެވެ. އެ މީހުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ދިޔަމަހު 27 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ޒުވާން އަންހެން ކުއްޖެއްގެ ރަހިމުންވެސް ބޮޑު ސިސްޓެއް ވަނީ އެ ހޮސްޕިޓަލުން ނަގައިފަ އެވެ. އެ އޮޕަރޭޝަންގައި ނެގި ސިސްޓްގެ ބޮޑުމިނުގައި ހުރީ 11*10 ސެންޓިމީޓަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355