twitterviber whatsapp telegramfacebookyoutube instagram
14th March 2026

ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އިންޖީނުތައް ބޮޑުކުރަނީ

ޚަދީޖާ އާދަމް
Jun 8, 2021

ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިތުރު އިންޖީނެއް ގެނެސްފި އެވެ. އަލަށް ގެނެސްފައިވަނީ 1.2 މެގަ ވޯޓުގެ އިންޖީނެކެވެ.

މި ވަގުތު ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް 6 އިންޖީން އެބަ ހުއްޓެވެ. އެއީ 1 މެގަ ވޯޓުގެ ދެ އިންޖީނާއި 800 ކިލޯ ވޯޓުގެ 4 އިންޖީނެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފެނަކަ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން ވިދާޅުވީ އިންޖީން ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ އިއްޔެކަމަށާއި މިހާރު އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓް ފޯރުކޮށްދޭ 800 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ބަދަލުގައި ބޮޑެތި އިންޖީނުތައް ބޭނުންކުރާނަމަ ތެލުގެ ހަރަދު ކުޑަވާކަމަށެވެ.

އެހެންކަމުން އަލަށް ގެނެވުމު އިންޖީނުން ހިދުމަތް ދެވެން ފެށުމުން 800 ކިލޯ ވޯޓުގެ 4 އިންޖީންގެ ބަދަލުގައި ހިދުމަތް ދޭނީ އޭގެ ދެ އިންޖީނުން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިތުރު އިންޖީނެއްވެސް ގެންދާނެ ކަަމަށާއި އެގޮތުން 2 މެގަ ވޯޓުގެ އިންޖީނެއް ހޯދުމަށް މިހާރު އިއުލާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޖީނުތަކުގެ ލޯޑު ބޮޑުވެ ކަރަންޓު ކެނޑުމުގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދޭތެރެ ދޭތެރިން ދިމާވާ މައްސަލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355