ކުޅުދުއްފުށި ސިޓީގައި ފެނަކަ ޕިކަޕެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެއްޖެ އެވެ.
މިއަދު މެންދުރުފަހު ހިނގި މި އެކްސިޑެންޓްގައި ޕިކަޕް ޖެހިފައިވަނީ އަމީނީމަގުގައި، އަފީފުއްދީން ސްކޫލް ކައިރީގައި ހުރި ހޮޅިދަނޑިއެއްގައި އެވެ.
މި އެކްސިޑެންޓް ހިނގި އިރު ޕިކަޕްގައި އެ ކުންފުނީގެ ދެ މުވައްޒަފަކު އިނެވެ. އެކަމަކު އެއްވެސް މީހަކަ އަނިޔާއެއް ވެފައެއް ނުވެ އެވެ.