twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުންދިޔަ ސޯޅަ އަހަރުގެ އަންހެން ކުއްޖާ ރަށުގެ އެހެން ގެއެއްގައި ހުއްޓާ ފެނިއްޖެ

May 21, 2011

މިރޭ އިރާކޮޅު ގެއްލިގެން ހޯދަމުންދިޔަ ސޯޅަ އަހަރުގެ އަންހެން ކުއްޖާ ކުޅުދުއްފުށީގެ އެހެން ގެއެއްގެ ތެރޭގައި ހުއްޓާ ފެނިއްޖެއެވެ.

މިއަދު ހަވީރު ތިނެއް ޖެހިއިރު ގެއިން ނުކުމެގެން ދިޔަ އެ އަންހެން ކުއްޖާ ގެއަށް ނައިސް ގިނައިރުވުމުން އެކުއްޖާގެ އާއިލާއިން ވަނީ ފުލުހުންނަށް އެމައްސަލަ ހުށަހަޅާފައެވެ. އެވަގުތުން ފެށިގެން 16 އަހަރުގެ އުއްމުކުލްސޫމާ ހޯދަމުންދަނިކޮށް ފެނިފައިވަނީ ކުޅުދުއްފުށީ ޔުކޯން ކިޔާ ގެއެއްގެ ތެރޭގައި ހުއްޓައެވެ.

މިމައްސަލައާ ގުޅިގެން އެއަންހެން ކުއްޖާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެކުއްޖާ ފެނުމާއެކު ރައްޔިތުންގެ ތެރެއިން ބަޔަކު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އެމައްސަލަ ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް އެދި އަޑު އުފުލަމުންދިޔައެވެ.

ކުޅުދުއްފުށީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ބޭފުޅުންނާއި ފުލުހުން ގުޅިގެން މިހާރު ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ އަތޮޅު ކޮމާންޑަރ އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އުމްމުކުލްސޫމާއަކީ ޖަލާލުއްދީން ސްކޫލު ގުރޭޑް ނުވައެއްގައި ކިޔަވަމުންދާ ކުއްޖެކެވެ. ނަޖުމާ، އުއްމުކުލްސޫމާ ބަލަމުންދާތާ މިއީ 13 ވަނަ އަހަރެވެ. ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އުމްމުކުލްސޫމާގެ ދޮންމަންމަ ނަޖްމާ މިރޭ ބުނީ މިއަދު ހަވީރު ތިނެއްޖެހި އިރު ގެއިން ނިކުމެގެން ދިޔަގޮތަށް ގެއަށް ނާންނަކަމަށެވެ. އަދި ގެއިން  ނުކުމެގެން ދިޔައީ އެއްވެސް މައްސަލައެއް ޖެހިގެން ނޫންކަމަށާއި މިއަދު ހަވީރު އުންމުގެ ފޯނަށް ގުޅުނު ނަމަވެސް ފޯނަށް ޖަވާބު ނުދޭކަމަށެވެ. އަދި ފަހުން އެ ފޯން ނިއްވާލާފައިވާ ކަމަށް ނަޖުމާ މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355