ކެޓްރީނާ ކައިފްއާއި އަރަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރޭތާ މިހާރުވަނީ ދުވަސްކޮޅެއް ވެފައެވެ.
އެ އަޑުތަކަށް މި ދެތަރިން ކުރެ އެއްވެސް ތަރިއެއް އެކަމަށް ދެކޮޅެއްވެސް ހަދާފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައިވެސް ދެތަރިން ބޭރުތެރެއިން އެކުގައި ފެންނަ ފޮޓޯތައްވެސް ދަނީ އާންމުވަމުންނެވެ.
ނަމަވެސް މިހާރު މި ދެތަރިންގެ ގުޅުން ބެލުންތެރިންނަށް އެކްޓަރު ހަރްޝްވަރުދަން ކަޕޫރް މިވަނީ ޔަގީންކޮށްދީފައެވެ. ދާދިފަހުން ސެލެބްރިޓީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގައި ފެތުރޭ އަޑުތަކުގެ ތެރެއިން ހަގީގަތަކީ ކޮންވާހަކައެއްތޯ އެހުމުން އޭނާ ބުނީ ވިކީއާއި ކެޓްރީނާގެ ގުޅުންކަމަށެވެ. އެދެމީހުން އުޅެނީ ރައްޓެހިވެގެންކަމަށާއި އަދި އެއީ ތެދެއްކަމަށް އޭނާ ބުންޏެވެ.
މިދިޔަ އޭޕްރިލް މަހު މި ދެތަރިން ވަނީ ކޮވިޑް-19 އަށްވެސް ޕޮޒިޓިވްވެފައެވެ. އަޑުތައް ފެތުރިފައިވާގޮތުން ހަރްޝްއާއި ކެޓްރީނާގެ ކޮއްކޮ އިޒަބެލްއާވެސް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.