twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިންތިހާބުތަކުގައި އުތުރުން އެމްޑީޕީއަށް ދޭ ތާއީދާ އެއްވަރަށް ވެރިކަމުގައިވެސް އުތުރަށް ކުރިއެރުން އަންނަން ޖެހޭ: ޔާސިރު

ނަބީލާ އިސްމާޢީލް
Jun 12, 2021
5

އިންތިހާބު ތަކުގައި "އުތުރުން" އެމްޑީޕީއަށް ދޭ ތާއީދާއި އެއްވަރަށް، ވެރިކަމުގައިވެސް "އުތުރަށް" ކުރިއެރުން އަންނަން ޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީ ކައުންސިލް ތަމްސީލުކުރުމަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު އިންތިހާބުވުމާއި ގުޅިގެން އިއްސެއަށް މަރުހަބާ ދެންނެވުމަށް ކުރެއްވި ޓުވީޓެއްގަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުއާ ވާދަކުރައްވައި އިސްމާއިލް ރަފީޤް ކާމިޔާބު ކުރެއްވީ 24 ވޯޓް ހޯއްދަވައިގެންނެވެ. މުއިޒަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ. މި އިންތިހާބުގައި އުތުރުން ބައިވެރިވެވުނީ ހަމައެކަނި އުތުރުގެ ސިޓީކަމުގައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނަށެވެ.

ޓުވީޓުގައި ޔާސިރު ވިދާޅުވީ ކުޅުދުއްފުށި ސިޓީއިން އެމްޑީޕީއަށް 7 ވޯޓު ލިބިފައިވާކަމަށެވެ. ޕީޕީއެމްއަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ. ކުޅުދުއްފުށި ސިޓީގައި އަލަށް އިންތިހާބު ކުރެވުނު ކައުންސިލުގެ 7 ގޮނޑިއަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ.

ޔާސިރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އިންތިހާބުތަކުގައި އުތުރަށް ދެކޭ ހުވަފެން ހަގީގަތަކަށް ވާންޖެހޭ ކަމަށެވެ.

ރާއްޖޭގައި 4 ސިޓީ ކައުންސިލެއް އޮންނައިރު، ސިޓީ ކައުންސިލްތަކުގައި އެމްޑީޕީގެ 25 ކައުންސިލަރުން ތިއްބަވައެވެ. މީގެ އިތުރުން ޕީޕީއެމްގެ 18 ކައުންސިލަރުންނާއި ޖުމްހޫރީޕާޓީ އެއް ކައުންސިލް މެމްބަރު ހިމެނޭއިރު އަމިއްލަ 03 ކައުންސިލަރުން ތިއްބަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355