twitterviber whatsapp telegramfacebookyoutube instagram
4th May 2024

އޮސްޓްރިއާގެ ތާރީޙުގައި ޔޫރޯގެ ފުރަތަމަ މޮޅު

މުޙައްމަދު އަހުމަދު
Jun 13, 2021

ބުޗަރެސްޓް، (ޖޫން 13) ގުރޫޕް ސީގައި މިރޭ އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު 3 – 1 ކާމިޔާބުކޮށް އޮސްޓްރިއާއިން ފުރަތަމަ ފަހަރަށް ޔޫރޯގެ މެޗަކުން މޮޅުވެއްޖެއެވެ.

މެޗުގައި އޮސްޓްރިއާއަށް މެސެޑޯނިއާގެ ގޯލު ހުޅުވާދިނީ މެޗުގެ 18 ވަނަ މިނެޓުގައި ސްޓީފަން ލައިނާއެވެ. ނަމަވެސް އޭގެ 10 ވަރަކަށް މިނެޓު ފަހުން މެސެޑޯނިއާގެ ގޯރަން ޕަންޑޭވް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިލަނޑަކީ މެސެޑޯނިއާއިން ޔޫރަޕުގެ ބޮޑު މުބާރާތެއްގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މީއާއެކު ގޯރަން ޕަންޑޭވް ވެގެން ގޮސްފައިވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ލަނޑުޖެހި ދެވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

މިމުބާރާތުގައި ލަނޑުޖެހި އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔަކީ އޮސްޓްރިއާގެ އިވީކާ ވެސްޓިކެވެ. އޭރު އޭނާގެ އުމުރަކީ 38 އަހަރާއި 257 ދުވަހެވެ. ގޯރާން ޕަންޑޭވްގެ އުމުރަކީ 37 އަހަރާއި 321 ދުވަހެވެ.

މެޗުގައި އޮސްޓްރިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައި ގުރެގޮރިޗް ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. މިލަނޑަކީ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޮސްޓްރިއާގެ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ފުރިހަމަ ވަގުތު ހަމަނުވެ ބާކީ މިނެޓެއް އޮއްވާ އާރނަޓޮވިޗެވެ.

ދެން ކުރިއަށް އޮތީ މިގުރޫޕްގެ އަނެއް ދެޓީމު ކަމަށްވާ ނެދަލޭންޑްސް އާއި ޔޫކްރޭން ބައްދަލު ކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355