twitterviber whatsapp telegramfacebookyoutube instagram
17th September 2024

ހަނިމާދޫ އެއާޕޯޓަށް ބިން އިތުރުކުރުމާ ދެކޮޅަށް ޕެޓިޝަނެއް

Jun 14, 2021

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަން ހުއްޓާލަން ގޮވާލާ ސަރުކާރަށް ހުށައަޅާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފި އެވެ.

ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު ކައުންސިލަށް ވަނީ އަންގާފަ އެވެ. ޕްލޭނިންގެ އެސިސްޓެންޑް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި އެއާޕޯޓަށް އިތުރު ކުރާ ބިމުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޯދާން އޭރިއާގެ ހެޑްކުއާޑާސް ގާއިމު ކުރަން ބޭނުންވާ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ނިންމާފައިވާ ކަމަށާއި ލޭންޑް ޔޫސް ޕްލޭންއާއެކު ކައުންސިލަށް ފެންނަ ގޮތެއް އަންގުމަށް އެދިފައި ވެއެވެ.

އެގޮތުން ސިޓީގައި ބުނެފައި ވަނީއެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ހުށައަޅާ ކަމަށެވެ.

އަދި އެއާޕޯޓް އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް ހަނިމާދޫގެ ޕިކުނިކް ސަރަހަައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިން ހިމެނޭތީ އެ ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަ ކުރުމަށް ފަހު ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ވެސް ސިޓީގައި އަންގާފައި ވެއެވެ.

މި ނިންމުމާއި ގުޅިގެން އެ ރަށުގެ ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ. އިތުރަށް މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި "ސާއްބަ" ޖަމިއްޔާ އަދި "ކެތިއަރާ" ކުލަބްގެ ފަރާތުން ރައީސް ސޯލިހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި އެ ރަށުގެ ކުދިބޮޑު އެންމެންގެ ވެސް އުންމީދެއް ކަމަށާއި އެ އުންމީދުގައި ތިއްބާ އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމަކީ ހަދާ ގޯހެއް އަދި ހިތާމައެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355