twitterviber whatsapp telegramfacebookyoutube instagram
12th August 2026

36 ދުވަސް ފަހުން ގޮއިދޫ މޮނީޓަރިންނުން ނަގައިފި

ޚަދީޖާ އާދަމް
Jun 17, 2021

މިދިޔަ މެއި މަހު 11 ވަނަ ދުވަހު ށ ގޮއިދޫގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު 36 ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު އުވާލައިފިއެވެ.

މޮނީޓަރިންގެ ހާލަތު އުވާލާފައިިވަނީ އެރަށް އާންމު ހާލަތަށް ގެނައުމަށްޓަކައި ނެގުނު ހުރިހާ ރޭންޑަމް ސާމްޕަލްތައް ނެގެޓިވްވުމާއި ގުޅިގެންނެވެ. އެގޮތުން ނަގާފައިވަނީ 65 ސާމްޕަލެވެ.

އެރަށުން ޖުމްލަ ނެގުނު 700 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 36 މީހުންނެވެ. މޮނީޓަރިންގެ ހާލަތުން އުވާލިއިރު އެރަށުގައި ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދަނީ 4 މީހުންނެވެ. އަނެއް 32 މީހުންވަނީ ބަލިން ފަސޭހަވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގޮއިދޫއިން ފުރަތަމަ ޕޮޒިޓިވްވީ ކޮވިޑް ވެކްސިންވެސް ފުރިހަމަކޮށްފައިވާ 3 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355