twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ސިޓީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކޮށް ގާތުން ހިދުމަތް ދިނުމަށް 6 ކޮމެޓީއެއް

އަބްދުލް ވާހިދު ޙަސަން
Jun 17, 2021
3

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި މަސައްކަތްތައް ރާވައި ހިންގުމަށް އެހީތެރިވެދިނުމަށް 6 ކޮމެޓީއެއް އުފައްދައިފި އެވެ.

ކައުންސިލް މެމްބަރުންގެ މައްޗަށް އެކުލެވޭ މި 6 ކޮމެޓީގައި ތިއްބަވާނީ މޭޔަރު ފިޔަވާ ދެން ތިއްބަވާ ހުރިހާ މެމްބަރުންނެވެ. މި ކޮމެޓީތައް އުފެއްދުމަށް ހުށަހަޅަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކޮމެޓީތައް އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކުރުމާއި ކައުންސިލްގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިކަން ދިނުން ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބެހޭ ކޮމެޓީތައް:

  • ސްމާޓް ސިޓީ ކައުންސިލް ކޮމެޓީ
  • ޕްލާނިންގ، ހައުންސިންގ އެންޑް ލިވަބަލް ސިޓީ ކޮމެޓީ
  • ސޯޝަލް އެފެއާޒް ކޮމެޓީ
  • އެންވަރަޔަމެންޓް އެންޑް ކުލައިމެޓް އެކްޝަން ކޮމެޓީ
  • އެކޮނޮމިކް އެންޑް ޑިވެލޮޕްމެންޓް ކޮމެޓީ
  • މުނިސިޕަލް ކޮމެޓީ

މޭޔަރު ވިދާޅުވީ މި ކޮމެޓީތަކުން، ކައުންސިލަށް ހުށަހެޅޭ ރައްޔިތުންގެ ޝަކުވާ ބެލޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމާއި ހަރުދަނާކުރަން ޖެހޭ ސެކްޝަންތަކުގެ މަސައްކަތްތައް ދެނެގަނެ، މެމްބަރުންނާ ގާތުން މަސައްކަތްކުރެވިގެންދާނެ ކަމަށެވެ.

އަދި ކައުންސިލްތަކުގެ މަސައްކަތަކާ ބެހޭ ގޮތުން ކޮމެޓީތައް އުފެއްދި ކަމުގައިވީނަމަވެސް ފައިނަލް ޑިޒިޝަންތައް އަދި ބޮޑެތި ނިންމުންތައް ނިންމާނީ ކައުންސިލް ބައްދަލުވުމަށް ހުށަހެޅިގެން ކަމަށެވެ.

ކޮންމެ ކޮމެޓީއެއްގައި ތިން މެމްބަރުން ތިއްބަވާއިރު މިވަގުތު އިދާރީ މުވައްޒަފުން ކޮމެޓީތަކުގައި ނުތިބިކަމުގައިވިޔަސް އިދާރީ އޮނިގަނޑު ހަރުދަނާވެ އިތުރަށް މުވައްޒަފުން ނެގި ތަރައްގީވުމުން ކޮންމެ ކޮމެޓީއެއްގައި އިދާރާ މުވައްޒަފުން ހިމެނިގެންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން ކޮންމެ ކޮމެޓީއަކަށް ދެ އިދާރީ މުވައްޒަފުން ހަމަޖައްސާނެކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355