twitterviber whatsapp telegramfacebookyoutube instagram
1st August 2026

ކޮވިޑް-19 ގައި އިތުރު މަރެއް، މިއީ މިއަދު ކޮވިޑުގެ ދެވަނަ މަރު

ނަބީލާ އިސްމާޢީލް
Jun 18, 2021

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިއީ މި ބަލީގައި މިއަދު މަރުވި ދެވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެ މީހާ ނިޔާވެފައިވަނީ ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިރޭ 07:06 ގައި ކަމަށެވެ. މަރުވެފައިވަނީ 82 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މިބަލީގައި މަރުވި 203 ވަނަ މީހާ އެވެ. މިއަދު ދެން މަރުވެފައިވަނީ 68 އަހަރުގެ ދިވެހި އަންހެނެކެވެ.

މިހާތަނަށް ރާއްޖެއިން 71498 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 65178 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 6106 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 53 މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355